ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން އެމްޑީޕީން ނިންމާފައިނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާން ސިޔާސީ ޕާޓީތަކުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ސިޔާސީ ޕާޓީތަކުން ދީފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މީޑިއާގައި ސިޔާސީ ޕާޓީތަކުން ދައްކާފައިވާ ވާހަކަތަކާއި ސަރުކާރަށް ސިޔާސީ ޕާޓީތަކުން ދީފައިވާ ޖަވާބާއި ވަރަށް ތަފާތު ކަމަށެވެ.