24 Feb 2016, 13:42
އެސްޓީއޯ ސުޕަމާޓުން ކުރިއަށް ގެންދިޔަ "އެސްޓީއޯ ޗޮކްލެޓް ވީކް 2016″ގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.
މި މަހު 11 އިން 18 އަށް އެސްޓީއޯ އިން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގައި ނަސީބުވެރިން ހޮވުމަށް އެސްޓިއޯ ސްޕްމާޓްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ގުރު ނަންގަވައި ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު މޫސާ އެވެ.
ކޮންމެ އަހަރަކު ވެސް އެސްޓިއޯ އިން ކުރިއަށް ގެންދާ ޗޮކުލެޓު ވީކްގެ މި އަހަރުގެ ނަސީބުވެރިންނަށް ހޮވުނު ތިން ފަރާތަކަށް އެސްޓިއޯ އިން ދީފައި ވަނީ އެކި ބާވަތުގެ ޗޮކްލެޓް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ގިފްޓް ހެމްޕާތަކެކެވެ.
އެގޮތުން 200 ރުފިޔާ އަށް ވުރެ މަތިން ޗޮކްލެޓްގެ ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ އެއް ވަނަ ހޮވިފައި ވަނީ އަހުމަދު ނާފިއު (ކޫޕަން ނަމްބަރ 2305) އެވެ. ދެވަނަ އަށް ހޮވިފައި ވަނީ މުހައްމަދު މުފީދު (ކޫޕަން ނަމްބަރ 2246) އެވެ. ތިން ވަނަ އަށް ހޮވިފައި ވަނީ އަލީ އަބޫބަކުރު (ކޫޕަން ނަމްބަރ 2458) އެވެ.
މީގެ އިތުރުން ވީބީ އިން އިމްޕޯޓު ކުރާ ބާވަތްތަކުގެ ޗޮކްލެޓުގެ ވިޔަފާރި ކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 48 އިންޗީގެ ސޮނީ އެލްސީޑި ޓީވީ ލިބޭ ފަރާތެއް ވެސް ވަނީ މިއަދު ހޮވައިފަ އެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ އަޝްކަރް ހުސައިން (ކޫޕަން ނަމްބަރ 01577) އެވެ.