24 Feb 2016, 09:42
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހިތަދޫ ދެ ގެއެއް ބަލައިފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ، އެއީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އެ ދެގެ ބަލައިފާސްކުރި އިރު ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ގިނަ އަދަދެއްގެ ތަކެއްޗާއި ފޮތްތަކެއް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.