24 Feb 2016, 09:13
އިންޑިއާ އިން މުދާ ހިފައިގެން ރާއްޖެ އައިބޯޓަކުން ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔުމުގެ ކުށް ދެ މީހެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ގދ. ރަތަފަންދޫ، ގުލްދަސްތާ، މުހައްމަދު ހަމީދު އާއި މ. ބޮއިލިން ފިޝް މުހައްމަދު ވިސާމްގެ މައްޗަށެވެ.
އިންޑިއާ އިން މުދާހިފައިގެން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި އެސްއެމްވީ ސިލްވާ ބޯޓުން ނުވަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބިދޭސީން ވަނީ މާލޭ ކޮމާޝަލް ހާބަރުގެ މަތިން ބޮޑުތަކުރުފާނުމަގުން ބޮޑުތަކުރުފާނުމަގުގައި ލޮރީތައް ޕާކްކޮށްފައިވާ ދިމާލަށް މަސްތުވާތަކެތި އެއްލާލައިފައެވެ.
ހައިކޯޓުގެ ހުކުމްގަައި ވަނީ އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައި ވަނީ ދެ މީހެއްގެ ހެކިބަހާއި އަހްމަދު ވިސާމް ގެންގުޅުނު މޮބައިލް ނަންބަރުގެ ކޯލް ޑީޓެއިލްސް ކަމަށެވެ.
ނަމަވެސް އެ ފޯންކޯލް ޑީޓެއިލްސްބ އަކީ ކޯޓު އަމުރެއްގެ ދަށުން ހޯދާފައިވާ ތަކެތި ނޫންކަމަށްވާތީ، އެއީ ހެކީގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ މަސްތުވާތަކެތި ފެނިފައި ވަނީ އެ ދެ މީހުން ހަރަކާތްތެރިވި ޕިކަޕުގެ ދަށުގައި އޮތް ޕިކަޕުގެ ދަށުގައި އޮތް ކޮތަޅަކުން ކަމުގައިވާއިރު، އެ ދެ މީހުން އެ ކޮތަޅު ނަގަނިކޮށް އަދި އެ ކޮތަޅު އެއްލާލަނިކޮށް ހެކިބަސްދިން އެއްވެސް ފުލުހަކަށް ފެނިފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.