Last Updated:
10 year 9 month ago

އޭއެފްސީ ކަޕް: ނިއު 2-2 ބަލެސްޓިއާ

    ބުލޮގު ޚުލާސާ

    އޭއެފްސީ ކަޕް 2016ގެ ގްރޫޕް ސްޓޭޖްގައި ގްރޫޕް "އެފް"ގައި ހިމެނޭ ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ސިންގަޕޫރުގެ ބެލެސްޓިއާ ޚަލްސާ، ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    17:52

    މެޗު ނިމިއްޖެ. ނިއު 2-2 ބަލެސްޓިއާ.

    17:51

    ނިއުއިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފި.ލަނޑު ޖެހީ ރިލޭ.

    17:49

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.

    17:48

    ބަލެސްޓިއާއިން ބަދަލެއް. ޒުލްކިފްލީގެ ބަދަލުގައި ކުޅެން އެރީ ޒުލްޚައިރު މުސްތަފާ.

    17:46

    ނިއުގެ އިޝާމް ބޯޅަ ހިފައިގެން ބަލެސްޓިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލެވޭތޯ ބެލި، އެހެން ނަމަވެސް އެޓީމު ކުޅުތެރިއެއްގެ ފައިގައި ޖެހިފައި ބޯޅަ ކޯނަރަކަށް ބޭރުވީ.

    17:41

    ހޮކޭގެ ބަދަލުގައި އިސްމާއީލް ފާރޫގު ކުޅެން ނުކުމެއްޖެ.

    17:40

    ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ފަރުވާ ދިނުމަށް.އަށިގަނޑުގައި ދަނޑުން ބާލައިފި.

    17:40

    ނިއުގެ އާދަމް އިޝާމްއަށް ރީނދޫ ކާޑެއް.

    17:38

    ނިއުއިން ނުރައްކާތެރި ހަމަލާއެއް. އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ރިލޭ ބަލެސްޓިއާ ޕެނަލްޓީއޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ބެންޖޯ ފައިގައި ޖެހިފައި ލިބުނީ، އިއްޒަތަށް. އެހެން ނަމަވެސް އިއްޒަތު އޭރު ހުރީ އޮފްސައިޑްގައި.

    17:34

    ބަލެސްޓިއާގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ދަނޑުގެ އަރިމަތިން ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން ރިލްވާން، ބަލެސްޓިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ނިއުގެ ވެލިޗްކޯފް ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ކީޕަރު އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލީ.

    17:28

    ބަލެސްޓިއާ ލަނޑު ޖަހަައިފި.އެޓީމަށް ލަނޑު ޖަހައި ދިނީ ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުހައްމަދު ފާދިލް.

    17:27

    ނިއުއިން ވެސް ބަދަލެއް. ލަމްއާންގެ ބަދަލުގައި ރިލްވާން ވަހީދު.

    17:26

    ބަލެސްޓިއާގެ ލޫޒާންގެ ބަދަލުގައި ޖަމީލް އަލީ ކުޅެން އަރައިފި.

    17:22

    ނިއުއިން ބަދަލެއް. ސުހޭލުގެ ބަދަލުގައި ކުޅެން އެރީ، އާދަމް އިޝާމް.

    17:21

    ނިއުއަށް ލިބުނު ކޯނަރަކުން ލަމްއާން ބަލެސްޓިއާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ނިއުގެ ބިދޭސީ ކުޅުންތެރިޔާ މައިކަލް ބޮލުން ޖަހައި ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑިމަތިން ބޭރަށް.

    17:19

    ހަމްޕު ވަރަށް ރީތިކޮށް ބޯޅަ ހޯދައިގެން ބަލެސްޓީއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރުގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު، ނިއުއަށް ނަތީޖާ ބަދަލުކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް މި ގެއްލުނީ.

    17:17

    ބަލެސްޓިއާ ޕެނަލްޓީ އޭރިޔާ ބޭރުން ނިއުއަށް ހިލޭ ޖެހުމެއް. ސުހައިލް ބަލެސްޓިއާ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ނިއުގެ ކުޅުންތެރިއަކަށް ނުލިބުނު.

    17:16

    ބަލެސްޓިއާއިން ބަދަލެއް. ހައްޒުވާން ހާލިމްގެ ބަދަލުގައި ކުޅެން އެރީ، މުހައްމަދު ފާދިލް.

    17:13

    ނިއުގެ ހަމްޒާއަށް ރީނދޫ ކާޑެއް ދައްކައިފި.

    17:08

    ނިއު ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފި.ލަނޑު ޖެހީ އިއްޒަތު އަބްދުލް ބާރީ

    17:05

    ނިއު އިން ރަނގަޅު ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރަމުން ދަނީ.

    17:03

    ދެވަނަ ހާފް ފަށައިފި.

    16:50

    ފުރަތަމަ ހާފް ނިމިއްޖެ.

    16:49

    ނިއުގެ ހިލޭޖެހުން ބަލެސްޓިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން ނިއުގެ ކުޅުންތެރިއަކު ބޮލުން ޖަހައި ބޯޅަ ގޯލަށް ފޮނުވާލި އެހެން ނަމަވެސް ބޯޅަ ދިޔައީ ކީޕަރުގެ އަތަށް.

    16:48

    ނިއުގެ ސުހެއިލް ބޯޅަ ހިފައިގެން ބަލެސްޓިއާ ހާފްތެރެއިން ދަނިކޮށް އެޓީމުގެ ކުޅުންތެރިއަކު ސުހޭލަށް ފައުލުކުރީ. ނިއުއަށް ހިލޭ ޖެހުމެއް.

    16:47

    ފުރަތަމަ ހާފުގެ 45 މިނިޓްގެ ކުޅުން ނިމި އިތުރު ވަގުތުގެ ގޮތުގައި 1 މިނިޓް.

    16:46

    ނިއުއަށް ކޯނަރެއް. ލަމްއާން ނަގައިދިން ކޯނަރު، ބަލެސްޓިއާ ގޯލް ކީޕަރު އަތުން ޖަހައި ކުޅުމުގެ ތެރެއަށް ފޮނުވާލީ.

    ނިއު ބަލެސްޓިއާ ބައްދަލުކުރާ މެޗުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
    16:41

    ބަލެސްޓިއާއިން އަނެއްކާ ވެސް ނުރައްކާތެރި ހަމަލާއެއް. ޒުލްކިފްލީ ނިއުގެ ގޯލަސް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ.

    16:37

    ބަލެސްޓިއާ ލަނޑު ޖަހައިފި.ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ އެޓީމުގެ ފަޒްލީ ބޮލުންޖަހައި.

    ބަލެސްޓިއާ ކުޅުންތެރީން ނިއުގެ ގޯލަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
    16:36

    މެޗުގެ 35 މިނިޓް ކުޅެވިއްޖެ. ނަތީޖާ ބަދަލުކޮށްލެވޭ ކަހަލަ ފުރުސަތެއް މިހާތަނަށް އުފައްދާފައި ވަނީ ނިއުއިން. ނިއުގެ ހަމްޒާ އަށް ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލި ނަމަވެސް ބަލެސްޓިއާގެ ކީޕަރު ވަނީ ބޯޅަ ދިފާއުކޮށްފައި.

    16:33

    ބަލެސްޓީއާ އަށް ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ފަޒުލީ ނިއުގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ނިއުގެ ކީޕަރު މަތަކުރީ.

    16:25

    ނިއުއަށް ކޯނަރެއް. ހަމްޕު ނަގައިދިން ކޯނަރު، ބެލެސްޓިއާ ކުޅުތެރީން ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލުމުން އަނެއްކާވެސް ނިއުގެ ކުޅުންތެރީންނަށް ލިބުނީ. ލަމާން ބޯޅަ ހިފައިގެން ބަލެސްޓިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ހުރަސްކޮށްލެވޭތޯ މަސައްކަތްކުރީ. އެހެން ނަމަވެސް ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިން ބޭރަށް.

    16:23

    ނިއުގެ ސުހޭލް، ބަލެސްޓިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް ފޮނުވާލި ބޯޅަ އެޓީމުގެ ޑިފެންޑަރުން ދިފާއުކޮށްފި.

    16:21

    ބަލެސްޓިއާއަށް އަނެއްކާ ވެސް ކޯނަރެއް.

    16:19

    ބަލެސްޓާ ކުޅުންތެރީން ކޯނަރަކުން ނިއުގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ނިއުގެ ޑިފެންޑަރުން ދިފާއުކުރީ.

    16:18

    ބަލެސްޓިއާއަށް ކޯނަރެއް.

    16:15

    ލަމްއާން ބެލެސްޓިއާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ނިއުގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރީން ބެލެސްޓިއާ ކުޅުންތެރީން ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލީ.

    16:15

    ބެލެސްޓިއާ ޕެނަލްޓީ އޭރިޔާގެ ބޭރުން އަރިމަތިން ނިއުއަށް ހިލޭ ޖެހުމެއް.

    16:08

    މެޗުގެ ފުރަތަމަ 5 މިނިޓްގެ ކުޅުން ނިމިފައިވާއިރު، އަދި އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވޭ.

    16:08

    ބެލެސްޓިއާ ޕެނަލްޓީ އޭރިޔާ ބޭރުން ނިއުގެ ކުޅުންތެރީން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ.

    16:02

    މެޗު ފަށައިފި

    16:00

    މެޗު ފަށަނީ ނިއުއިން.

    15:57

    ނިއުރޭޑިއަންޓްގެ ފުރަތަމަ 11:

    • ސުލައިމާނާ އަބޫ -ގކ-
    • ސެގުން މައިކަލް އިވަނޯވް
    • ހަމްޒާ މުޙައްމަދު (ހަމްޕް)
    • ޢަބްދުﷲ ހަނީފް (ބެންޖޯ)
    • ޙުސައިން ލަންމާން އަޙްމަދު
    • ޢިއްޒަތު ޢަބްދުލް ބާރީ
    • އަހްމަދު ޝުހައިލް
    • މުޙައްމަދު ރަޝީދު (ހޮކޭ) -ކ-
    • އަޙްމަދު ނުހާދު
    • އަޙްމަދު ނިޔާޒު (ނިޔާ)
    • ވެލިޗޮކޯ މިޓްކޯވް ވެލިޗޮކޯވް
    15:55

    މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވަނީ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ.

    15:54

    މެޗު ފެށުމަށް ތައްޔާރުވުމުގެ ގޮތުން ދެޓީމުގެ ކުޅުންތެރީން މިހާރު ދަނޑަށް ނުކުންނަނީ.