އާއިލާ އަށް ފިލައިގެން އުޅޭ 17 އަހަރުގެ އަންހެން ކުއްޖަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އާއިލާއަށް ފިލައިގެން އުޅުމުގެ ސަބަބުން ހޯދަމުން ދަނީ ގދ. ގައްދޫ، ދިލާވަރުގެ، ޝަފުރާ ޢަބްދުﷲ އާދަމް ކަމަށެވެ.

އަދި އެ ކުއްޖާއަކީ އާއިލާގެ އެދުމުގެ މަތިން ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން ވެސް ހޯދައި ނުފެނިފައިވާ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެހެންކަމުން އެ ކުއްޖާ އާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ނަންބަރު 9790163 ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.