23 Feb 2016, 11:53
އައްޑޫ ސިޓީގެ ހިތަދޫގެ ސައީދިއްޔާ ސްކޫލް ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.
ސަން އާ ވާހަކަ ދައްކަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:35ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ހާދިސާގައި ޕްރައިވެޓު ކާރެއް، ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.