23 Feb 2016, 09:17
މަޝްހޫރު އެކްޓްރެސް އަދި މޮޑެލް ކިމް ކާޑޭޝިއަން އާއި ކަންޔޭ ވެސްޓު ގެ ފިރިހެން ދަރިފުޅު ސެއިންޓުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ފޭނުންނަށް ދައްކާލައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު އުފަންވި، އެ ދެތަރިންގެ ދެވަނަ ދަރިފުޅުގެ ފޮޓޯ އާއްމުކޮށްފައި ވަނީ ކިމްގެ ވެބްސައިޓު މެދުވެރިކޮށެވެ. އިއްޔެ އަޕްލޯޑު ކުރި އެ އެފޮޓޯއާއެކު ކިމް ބުނެފައިވަނީ، އިއްޔެއަކީ އޭނާގެ ބައްޕަގެ އުފަންދުވަސް ކަމަށެވެ.
"މިއަދަކީ އަހަރެންގެ ބައްޕަގެ އުފަންދުވަސް. އަހަންނަށް އިނގޭ ދުނިޔޭގެ ހުރިހާ ކަމަކަށް ވުރެ ކާފަ ދަރިންނާ ބައްޕަ ބައްދަލު ކުރަން ބޭނުންވާނެކަން. އެހެންވެ، އަހަރެން ބޭނުންވަނީ ސެއިންޓުގެ ފޮޓޯއެއް ތި އެންމެންނަށް ދައްކާލަން"، ކިމް އަޕްލޯޑު ކުރި ފޮޓޯގައި ބުނެފައި ވެއެވެ.
ހުދު ކުލައިގެ ހެދުމެއްގައި ނިދާފައި އޮތް، ތިން މަހުގެ ސެއިންޓުގެ ފޮޓޯ އާއްމު ކުރުމާއެކު ގިނަ ފަރާތްތަކަކުން ވަނީ އެ ފޮޓޯއަށް ކޮމެންޓު ކޮށްފައެވެ. އެގޮތުން ސެއިންޓު އެންމެ ވައްތަރީ ދެ އަހަރުގެ ދައްތަ ނޯތު އާ ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ބުނެފައެވެ.