އައްޑޫ ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ރުކެއްގައި ޖެހި ސައިކަލުގައި އިން ދެމީހުންނަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، މިއަދު 1:20 ކަންހާއިރު އައްޑޫ ސިޓީ ލިންކް ރޯޑުގައި ދުއްވާފަދިޔަ ސައިކަލެއް ރުކެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާއިރު އެދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލް ޖެހުނު ރުއް-- ފޮޓޯ: އައްޑޫ ލައިވް

ސަން އަށް އެނގިފައިވާގޮތުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެ އެކްސިޑެންޓުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން އޭގެތެރެއިން އެކެއްގެ ބޯ ވެސް ވަނީ ފަޅައިގެންގޮސްފައެވެ.

އައްޑޫ ސިޓީ ލިންކު ރޯޑަކީ ގިނަ އަދަދަކަށް ނުރައްކާތެރި އެކްސިޑެންޓު ހިނގާ ތަނެކެވެ. އެފަދަ އެކްސިޑެންޓުތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.