22 Feb 2016, 12:55
ފުލުހުންގެ މުއައްސަސާގެ އިސް ތިން މަގާމަކަށް ބަދަލު ގެނެސްފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް ބަލަހައްޓަމުން އަންނަ ޑިވިޝަނަލް އޮޕަރޭޝަންސްގެ ކޮމާންޑުގެ އިސްވެރިއަކަށް ހުންނެވި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު މިހާރު ވަނީ އައިލްސްގެ އިސްވެރިޔަކަށް ބަދަލުކޮށްފަ އެވެ.
އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އައިލްސް)ގެ އިސްވެރިޔަކަށް ހުންނެވި، އެސިިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިހާރު ވަނީ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސްވެރިއަކަށް ބަދަލުކޮށްފަ އެވެ.
އިންވެސްޓިގޭޝަން ކޮމާންޑުގެ އިސްވެރިޔަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން އާދަމް ވަނީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިއަކަށް ބަދަލުކޮށްފަ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް މިއަދު ވިދާޅުވީ ފުލުހުންގެ ޑިޕާޓުމަންޓުތަކަށް ދޭތެރެ ދޭތެރެއިން އިދާރީ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.