22 Feb 2016, 08:54
މިއީ ފޭސްބުކްގެ ގިނަ އެކައުންޓް ގެންގުޅޭ މީހުންނަށް ހުރި އުފާވެރިކަމެކެވެ. ފޭސްބުކްގެ މެސެންޖާ އެޕްލިކޭޝަން މެދުވެރިކޮށް، އެކަކަށް ވުރެ ގިނަ އެކައުންޓް މެނޭޖު ކުރެވޭ ގޮތަށް އެ އެޕްލިކޭޝަން އަޕްގްރޭޑް ކޮށްފި އެވެ.
މީގެ ކުރިން އެއް ޑިވައިސްއަކުން ފޭސްބުކް މެސެންޖާ އެޕް ބޭނުންކުރާ ނަމަ އެ އެޕް މެދުވެރިކޮށް އޮންލައިން ވެވޭނީ އެންމެ އެކައުންޓަކަށެވެ. އެހެން ނަމަވެސް މެސެންޖާ އެޕްލިކޭޝަނުން މިހާރު މި ވަނީ، އެއް ޑިވައިންސިން، އެއް އެކައުންޓަށް ވުރެ ގިނަ އެކައުންޓު ބޭނުންކުރެޥޭ ގޮތް ހަދާފަ އެވެ.
އެހެން ނަމަވެސް މިއީ ހަމައެކަނި އެންޑްރޮއިޑް ޑިވައިސްތަކަށް ދޫކޮށްފައިވާ އަޕްގްރޭޑެއް ކަން ފާހަގަ ކޮށްލެވެ އެވެ.
ފޭސްބުކް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ފީޗާއަކީ އެއް މެސެންޖާ ބޭނުންކުރާ ގިނަ ބަޔަކު އެއް ޑިވައިސެއް ބޭނުންކުރާ ނަމަ، އެއް އެކައުންޓުން އޮފްލައިން ވެފައި އެހެން އެކައުންޓުން އޮންލައުން ވުމުގް "ތުރާލަށް" ގެނެވުނު ބޮޑު ލުޔެއް ކަމަށެވެ.
ފޭސްބުކް އިން މެސެންޖާ އެޕްއަށް މިފަދަ އަޕްގްރޭޑޭއް ދޫކޮށްފައިވާ އިރު، އެ ކުންފުނިން މެނޭޖްކުރާ ފޮޓޯ ޝެއާރިންގް އެޕްލިކޭޝަން އިންސްޓަގްރާމަށް ވެސް ވަނީ މި ފީޗާ ދާދި ފަހުން ދޫކޮށްފަ އެވެ.