21 Feb 2016, 18:39
ރީނދޫ ހުމުން ރައްކާތެރިވުމަށް ޖަހާ ވެކްސިންތަކުގެ ތެރެއިން ވަކި ބްރޭންޑެއް ބޭނުން ކުރުން ހެލްތް މިނިސްޓްރީއިން މަނާކޮށްފި އެވެ.
ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޭއެމްއާއައިއެލް ސްޓެބަލައިޒް ޔެލޯ ވީފާ ވެކްސިންގެ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އުފައްދާފައިވާ ބެޗް ނަމްބަރު 2265 ގެ ރައްކާތެރި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެއީ ޖެނުއިން ވެކްސިނެއް ނޫން ކަމަށް ޑަބުލިއުއެޗް އޯއިން އަންގާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.
"މި ވެކްސިން މިސަރަޙައްދުގެ ޤައުމެއް ކަމަށްވާ ބަންގުލަދޭޝްގައި ދައުރުވަމުންދާ ކަމަށް އެލާޓުގައި ބަޔާންކޮށްފައިވެ އެވެ. ވީމާ، ދެންނެވިފައިވާ ބްރޭންޑްގެ ޔެލޯފީވަރ ވެކްސިން ބޭނުން ނުކުރެއްވުމަށް ސަމާލުވެވަޑައިގަތުމަށް ދެންނެވީމެވެ.،" ހެލްތް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ޑަބްލިއުއެޗްއޯއިން މެޑިކަލް ޕްރޮޑަކްޓް އެލާޓު ނެރެ މަނާކުރި އެ ވެކްސިން އުފައްދާފައި ވަނީ ޑާކާގެ ޕެޓާ އިންސްޓިޓިއުޓްއިންނެވެ.