އަމީނިއްޔާ ސްކޫލްގެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބުދުލް މުހުސިން މުހައްމަދު "ސަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޑިއުކޭޝަނުން އަޅާފައިވާ ކަމަށެވެ.

"އާދެ.. ތިފަދަ މައްސަލައެއް މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައި. އެކަމުގައި މިނިސްޓްރީގެ ފަރާތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރު ވަނީ އަޅާފައި،" މުހުސިން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އަމީނިއްޔާ ސްކޫލުގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ "ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެގެން ޓީޗަރަކު އެކަހެރިކުރައްވާފައިވާ" ކަމަށެވެ. ނަމަވެސް ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެގެން އެ ޓީޗަރު ކުރީ ކޮން ކަމެއް ކަން އޭނާ ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި އަމީނިއްޔާ ސްކޫލުގެ ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވައިދޭ ޓީޗަރަކު ވަނީ އެކި ފަހަރު މަތިން، އެ ސްކޫލުގެ ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންތަކަކާއި އެކު ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކޮށްފަ އެވެ. އަދި އެކަން ސްކޫލުގެ މެނޭޖުމަންޓަށް ދަރިވަރުންނާޢި ބެލެނިވެރިން ރިޕޯޓު ކުރުމުން ސްކޫލާއި އެޑިއުކޭޝަނުން ވަނީ އެކަމާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅާފަ އެވެ.

އެނގިފައިވާ ގޮތުގައި އަމީނިއްޔާގައި ކިޔަވައި ދެމުން ދިޔަ އެ ޓީޗަރު މީހާ މިހާރު ވަނީ ޑީޕޯޓުކޮށްލައިފައެވެ.