އަމީނިއްޔާ ސްކޫލްގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރުންތަކަކާ ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އަމީނިއްޔާ ސްކޫލްގައި ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވައިދޭ ޓީޗަރު އެކި ފަހަރު މަތިން އެ ސްކޫލުގެ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ ގައިގައި އަތްލައި އެ ދަރިވަރުންނާ މެދު ބަދުއަޚުލާގީ އަމަލު ހިންގަން ވަނީ މަސައްކަތްކޮށްފަ އެވެ.

އެ މައްސަލަ ސްކޫލްގެ މެނޭޖްމަންޓުގެ ސަމާލުކަމަށް ގެންގޮސްފައި ވަނީ ދަރިވަރުންނާއި ބެލެނިވެރިންނެވެ.

މިކަމާ ބެހޭ ގޮތުން އަމީނިއްޔާ ސްކޫލްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ކޯޑު އޮފް ކޮންޑަކްޓާ ޚިލާފުވި ޓީޗަރެއްގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޯޑު އޮފް ކޮންޑަކްޓާ ޚިލާފުވި ކަމަށް ނިންމީ އެ ޓީޗަރު ކޮން ކުށެއް ކޮށްގެންތޯ ދެންނެވުމުން އޮފިޝަލް ވިދާޅުވީ އެކަން ނޭނގޭ ކަމަށެވެ.