20 Feb 2016, 22:04
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަަ ކުރައްވާފައިވާކަން ދައްކައިފިނަމަ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
ވިލިގިލި ދާއިރާގެ މަޖިލިސް މެމްބަރު ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޔާމީން ފުރައްސާރަަ ކުރައްވާފައިވާކަން ދައްކަވަން ޖެހޭނީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިޚް އިލްޔާސް ހުސައިން ކަމަށެވެ.
މަޖިލިސް މެމްބަރުން ކަމުން އިސްތިއުފާ ދެއްވާނެ ހުށަހެޅުމެއް ސައުދު ހުށަހެޅުއްވިއިރު، އަދާލަތު ޕާޓީން ރޭ ބޭއްވި ސަރުކާރަށް ނިސްބަތް ކުރައްވައި އިލްޔާސް ވިދާޅުވީ "މިއަދުގެ ލާދީނިއްޔަތު މާ ބޮޑު" ކަމަށެވެ.
މެއި 1، 2013 ގައި އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވަނީ ރަސޫލާއަށް ސަލަވާތް ކިޔަވަން ރައީސް ނަޝީދު ދެކޮޅު ހެެއްދެވި ކަމަށެވެ. ނަމަވެސް އެ ޖަލްސާގައި ނަޝީދުގެ ނަމެއް އިލްޔާސް ފާހަގައެއް ނުކުރައްވަ އެވެ.
"(ނަޝީދު ވިދާޅުވީ) އެކަލޭގެ (ރަސޫލާގެ) މައްޗަށް މަ ނުޖެހޭނެއޭ ސަލަވާތް ކިޔަވަން. މިއީ ކާކުތޯ. ލަގޮނޑިއަށް އަސަރު ކުރާނެ، ލޭ ވެސް ކެކޭނެ. ނުކުންނަން ޖެހިއްޖެ ކަމުގައި ވަނީ ނަމަ ނުކުންނާނަން. އެ ކަމަށްޓަކައި މިއަދު ޕޯޑިއަމަށް ވެސް މި އެރީ. މީގެ އެތައް ކަމެއް އަދި ކުރާނަން،" މެއި 1، 2013 ގައި ގައުމީ ހަރަކާތުން ބޭއްވި އެއްވުމެއްގައި އިލްޔާސް ވިދާޅުވި އެވެ.
މެމްބަރު ސައުދު މިއަދު ކުރެއްވި ޓުވީޓު --