20 Feb 2016, 19:25
ރީފްސައިޑުން ހިންގި ދެ ޕްރޮމޯޝަނެއްކަމަށްވާ "ސޮނީ ޑޭޝް 2015" އާއި "އަހަރީ ބޮޑުސޭލުގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.
ދެ ޕްރޮމޯޝަނުގެ ނަސީބުވެރިން އިއުލާންކޮށް އިނާމުތައް ދިނީ ފަރީދީމަގުގައި ހުންނަ ރީފްސައިޑް އިލެކްޓްރޯނިކްސްގައި އެކަމަށްޓަކައި ބޭއްވި ހަފުލާއެއްގައެވެ.
ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެނުއަރީމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ހިންގި ސޮނީ ޑޭޝް 2015 ޕްރޮމޯޝަނުގެ ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ދިނީ 49 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއެކެވެ. އަދި ދެވަނައަށް ސޮނީ އެކްސްޕީރިއާ ޒެޑް ފަހެއް މަރުކާގެ މޯބައިލް ފޯނެކެވެ. އަދި ތިން ވަނައަށް ދިޔަ ފަރާތަށް ދިނީ ޕްލޭ ސްޓޭޝަނެކެވެ.
އެ ޕްރޮމޯޝަނުގެ ނަސީބުވެރިންގެ ތެރެއިން އެއްވަނަ ލިބުނީ ޢަލީ ޝަފީގެވެ. އަދި ދެވަނަ ލިބުނީ އަފްޒަލް އާދަމްއަށެވެ. ތިން ވަނަ ލިބުނީ މުޙައްމަދު ނިޒާޔަށެވެ.
އަހަރީ ބޮޑު ސޭލުގެ ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ހޮވުނު އަޙުމަދު ޔުއާން އިޝްހާގަށް ލިބުނީ ހައިސެންސް ބްރޭންޑްގެ 65 އިންޗީގެ ތްރީޑީ ޓީވީއެކެވެ. އަދި ދެވަނައަށް ދިޔަ އަލީ ޝާނަށް ލިބުނީ ވާލްޕޫލް ބްރޭންޑްގެ އައިސްއަލަމާރިއެކެވެ. ތިން ވަނައަށް ދިޔަ ޙުސައިން ވަހީދަށް ލިބުނީ ކޯނެލް ބްރޭންޑްގެ ޓޯސްޓަރެކެވެ.
ފަރީދީމަގުގައި ހުންނަ ލެމަންގްރާސް ރެސްޓޯރެންޓާ އިންވެގެން ހުންނަ ރީފްސައިޑް އިލެކްޓްރޯނިކްސް ފިހާރައިން ވަނީ މިމަހުގެ 15 ވަނަ ދުވަހު ފްރިޖާއި ދޮންނަ މެޝިނުގެ ޕްރޮމޯޝަނެއް ފަށާފަ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ރީފުސައިޑުގެ މާކެޓިން އެގްޒެކެޓިވް މުޙައްމަދު އަޙުސަން ވިދާޅުވި އެވެ.