20 Feb 2016, 18:58
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު ޕެރޭޑެއް ބާއްވައިފި އެވެ.
އެ ސްކޫލުގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، މިއަދު ޕެރޭޑު ބާއްވާފައި ވަނީ މާދަމާ އަކީ ރަސްމީ ދުވަހަކަށް ވުމުން ކަމަށެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު މުޖުތަބާ
މިއަދު ހަވީރު 4:15 ހާއިރު އެކުވެނި ދަނޑުން ފެށި ޕެރޭޑު ނިންމާލާފައި ވަނީވެސް އެކުވެންޏަށެވެ.
މާލޭގެ އެކި މަގުތަކުގައި ބޭއްވި ޕެރޭޑުގައި އެ ސްކޫލުގެ 1000 ށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު މުޖުތަބާ
މުހައްމަދު ރަޝީދު ވިދާޅުވީ ޕެރޭޑުގެ އިތުރުން، އަހަރީ ދުވަސް ފާހަގަ ކުރުމަށް މާދަމާ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ސްކޫލުގައި މާދަމާ ހެނދުނު ހާއްސަ އެސެމްބްލީއެއް ބާއްވަން ހަމަޖެހިފައި ވާއިރު، އަދަބީ މުބާރާތްތަކާ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.