ދެ ރިޔަލުގައި ކަޓަމަރާންއެއްގައި ރާއްޖެ ވަށައި ބުރު ޖެހުމުގެ ދަތުރު ފައްޓާފައި އަބްދުލްޣަފޫރު (ގައްބެ)ގެ ދަތުރުން ބޮޑު ބައެއް ކަވަރުކޮށްފި އެވެ.

އެޓޯލް ސެއިލާސްގެ މެނޭޖިން ޑިރެކްޓަރު، ސިކަންދަރު ނަސުރުﷲ ކަމާލުއްދީން (ސިކު) މިއަދު ސަން އަށް ވިދާޅުވީ ގައްބެ މިއަދު ހުޅުދެލިން ފުރައިގެން ފ. ބިލަތްދު އަށް ދިއުމަށް ފަހު މިއަދު މެންދުރުން އެނބުރިތަނާ ފ. ފީއަށްޔަށް ލަފާފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މޫސުން އުޅޭ ގޮތުން ގައްބެ މިއަދު އިތުރު ދަތުރެއް ނުކުރާނެ ކަމަށެވެ.

ގައްބެ މާލެ އިން ފުރިތާ ތިން ހަފުތާގެ ތެރޭގައި ދަތުރުގެ ބޮޑު ބައެއް ވަނީ ކަވަރުކޮށްފަ އެވެ. އަދި ދަތުރުގެ ދެ ބައިކުޅައެއް ބަޔަށް ވުރެ ބޮޑު ބައެއް ވަނީ ނިންމައިފަ އެވެ.

ގައްބެ މިދިޔަ ޖެނުއަރީ މަހު 31ގައި މާލެ އިން ފުރީ ގިނަ ވެގެން 23 ދުވަހުގެ ތެރޭގައި ރާއްޖެ ވަށައި ބުރު ފުރިހަމަ ކުރުމަށެވެ. ނަމަވެސް ސިކު މިއަދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ އެކު މިހާރު ގައްބެގެ ބުރު ފުރިހަމަ ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ މާޗު ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށެވެ.

ސިކު ވިދާޅުވީ ގައްބެ ދެން ދަތުރު ކުރާނީ ކޮން އަތޮޅަކަށް ކަން ވެސް އަދި ނުނިންމާ ކަމަށާއި އެއީ މޫސުން އުޅޭ ގޮތުން ދަތުރަށް ކުދިކުދި ބަދަލުތައް ގެންނަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިދޭތެރެ އިން ވައިޓް އެލާޓާއި ޔެލޯ އެލާޓް ވެސް ގައްބެ ދަތުރު ކުރާ ސަރަހަށްދަށް ނެރެފައިވާ ކަމަށާއި ގައްބެ ދަތުރު ކުރަނީ އަދި ކުރާނީ ވެސް ވަރަށް ބޮޑަށް މޫސުމަށް ބަލައިގެން ކަމަށެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ވ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ގަޑިއަކު 40 މޭލު ބާރު މިނުގައި ވަައި ޖެހޭނެ ކަމަށެވެ.

ސިކު ވިދާޅުވީ މޫސުން ގޯސްވެ ވިއްސާރަ ނަމަވެސް ގައްބެ "ފިޓް" ކަމަށާއި އަދި ގައްބެ ކަނޑަށް ވެސް ގަދަ ކަމަށެވެ.

ފީއަލިން ގައްބެ އަށް މަރުހަބާ ކިޔަނީ --