20 Feb 2016, 14:32
އދ.ގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލޭވް ޖެންކާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އޭނާ އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ.
ޖެންކާގެ މި ދަތުރަކީ ސަރުކާރުގެ ދައުވަތަކަށް ކުރާ ދަތުރެކެވެ. މި ދަތުރުގައި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ރާއްޖޭގެ މަޝްރަހާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
އޭނާ މިއަދު ރާއްޖެ ވަޑައިގެންނެވި އިރު، އިނގިރޭސި ވިލާތުގެ ޕާލަމެންޓުގައި ގާއިމު ކުރެވިފައިވާ ބްރިޓިޝް-މޯލްޑިވްސް އޯލް-ޕާޓީ ޕާލަމެންޓްރީ ގްރޫޕު (އޭޕީޕީޖީ)ގެ ވަފުދެއް ވެސް އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވަމުން ނެވެ.