އެންމެ އަވަހަށް ބޮލުގައި ފުނާ އަޅުވާމީހެއްގެ ރިކޯޑު މިފަހަރު މި މުގުރާލީ ސައުތުވޭލްއަށް ނިސްބަތްވާ ރައްޔިތެކެވެ. އެއީ 300 މިނިޓް (ހަތް ގަޑިއިރާއި 30 މިނިޓް) އިން 320 ބްރައިޑުންގެ ބޮލުގައި ފުނާ އަޅުވައިގެންނެވެ.

ޖީނާ އެމްސީ ޑޮނެލް ބުނެފައިވަނީ 320 ބްރައިޑުންގެ ބޮލުގައި ފުނާ އަޅައި އޭނާ ނިންމާލިއިރު އެދޭތެރެއިން އެއްވެސް އެއްޗެއް ކައި ބޮއި ނުހަދާ ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސައުތްވޭލްގެ ސުކޫލެއްގެ ހޯލް ތެރޭގަ އެވެ.

320 ބްރައިޑުންގެ ބޮލުގައި 300 މިނިޓް (ހަތް ގަޑިއިރާއި 30 މިނިޓް) އިން ފުނާ އަޅުވައިގެން ވަނީ ދުނިޔޭގެ ރިކޯޑު ހަދާފައި --

އޭނާ ފުނާއެޅުވުމަށް ކުދިން ބައިވެރިވެފައި ވަނީ ވޮލަންޓިއާކޮންނެވެ. ހަތްގަޑިއިރާ 30 މިނިޓުން ދުނިޔޭގެ ރިކޯޑު މުގުރާލާފައިވާއިރު ހުރިހާ ބްރައިޑުންގެވެސް ބޮލުގެ ހެއާ ސްޓައިލް ހަދާފައިވަނީ އެއްގޮތަކަށެވެ. ޖީނާ ބުނީ އެވަގުތު ތެރޭގައި އޭނާގެ އަތް "އެއްގޮތަކަށްވެސް ނުހުއްޓަން" ކަމަށެވެ.

" އެވަގުތުގެ ތެރޭގައި ރައްޓެއްސަކު ގެނެސްދިން ކޮފީއެއްވެސް، އަތްލާނެ ވަގުތެއްވެސް ނުލިބި ހިހޫވެގެން ނުބޮވުނު. އެހާވެސް ބިޒީކޮށް ދިޔައީ،" ޖީނާ ބުންޏެވެ.

320 ބްރައިޑުންގެ ބޮލުގައި 300 މިނިޓް (ހަތް ގަޑިއިރާއި 30 މިނިޓް) އިން ފުނާ އަޅުވައިގެން ވަނީ ދުނިޔޭގެ ރިކޯޑު ހަދާފައި --

އެދުވަހުގެ މަސައްކަތް ނިމުނު އިރު ޖީނާގެ އަތުން ހުރީ ހަންފޮޅި ހަނގަނޑު ތުނިވެފަ އެވެ. ޖީނާ ބުނީ އެއީ ބޯ ސްޓައިލްކުރަން ގެންގުޅުނު ސްޕްރޭ މާގިނައިން ބޭނުންކުރަން ޖެހުމުން ވީގޮތެއް ކަމަށެވެ.

" މިލިބުނު ކާމިޔާބީއާ ބަލާފަ، އަތް ހަލާކުވުން މައްސަލައެއް ނޫން. އެއީ ސައުތްވޭގެ ނިއުޕޯޓް ރިކޯޑު ފޮތަށް އެރުވިއްޖެ. އަދި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހަދިޔާކޮށްލާނެ ފައިސާކޮޅެއް ލިބިއްޖެ،" ޖީނާ ބުންޏެވެ.

320 ބްރައިޑުންގެ ބޮލުގައި 300 މިނިޓް (ހަތް ގަޑިއިރާއި 30 މިނިޓް) އިން ފުނާ އަޅުވައިގެން ވަނީ ދުނިޔޭގެ ރިކޯޑު ހަދާފައި --

ޖީނިއަސް ވޯލްޑް ރެކޯޑުން ވަނީ ޖީނާގެ އެމަސައްކަތް ފެށުނީއްސުރެ ނިމެންދެން ވީޑިއޯކޮށްފަ އެވެ.