20 Feb 2016, 13:15
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.
އެހާދިސާ ހިނގާފައިވަނީ ބުރުޖުމަގުގެ ގޯޅިއެއްގެ ތެރޭގައި ހުންނަ މއ. ޝެޑޯސެންޓާ ކިޔާ ގެއެއްގައެވެ.

އަލިފާންރޯވި ގޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: މަލާހާ އަލީ
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިއަދު 12:15 ކަންހާއިރު ފުލުހުންނަށް ހުށައެޅި އެ އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ.
އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެއަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ލުބުނު ގެއްލުމުގެ ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.