މޫނު ނިވާކޮށްގެން ތިބި ބަޔަކު މާލެ އަތޮޅު ގަސްފިނޮޅު ރިސޯޓަށް އަރައި ތިޖޫރިތައް ވަގަށް ގެންދިޔަ މައްސަލާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެރިސޯޓަށް ބަޔަކު އަރައި މުވައްޒަފުންތަކެއް ބަނުމަށް ފަހު ހަތަރު ތިޖޫރީއެއް ވަގަށް ވަނީ ގެންގޮސްފަ އެވެ.

"ވަގަށް ގެންގޮސްފައި ވަނީ ހަތަރު ތިޖޫރިއެއް. ފުލުހުންގެ ޓީމު ދަނީ ހަރަކާތްތެރިވަމުން." އޮފިޝަލް ވިދާޅުވި އެވެ.