މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ކަމުގައި ހޮލެންޑްގެ ލުއިސް ވެންހާލް ހުންނަން ބޭނުން ނުވާކަން އެޓީމުގެ އެންމެ ބޮޑު ފޭން ބޭސް ގުރޫޕުން ހާމަކޮށްފި އެވެ.

ޔޫރޮޕާ ލީގްގައި ޑެންމާކްގެ އެފްސީ މިޑްޓިލޭންޑް އަތުން ބަލިވުމުން އެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވެންހާލް ކޯޗް ކަމުން ވަކި ކުރުމަށް ގޮވާލާފަ އެވެ.

މެންޔޫގެ ސަޕޯޓަރުންގެ ގުރޫޕްގެ ވައިސް ޗެއާމަން ސީން ބޯންސް ބުނީ މީގެ ކުރިން މެންޔޫގެ ސަޕޯޓަރުން އެމީހުންގެ ހިތްހަމަނުޖެހުންތައް "މިހާވަރަށް" ހާމަކޮށްފައި ނުވާ ކަމަށެވެ.

"އަހަރެން ހުރިން މެންޗެސްޓާ ކުޅުނު ކޮންމެ ގޭމެއްގައި. މީގެ ކުރިން ސަޕޯޓަރުން މިހާބޮޑަށް ހިތް ނުޖެހޭކަން ހާސަކޮށްފައެއް ނުވޭ،" ބޯންސް ބުންޏެވެ.

އޭނާ ބުނީ 1974 ވަނަ އަހަރު ސީޒަންގައި މެންޔޫ ދެ ވަނަ ޑިވިޝަނަށް ރެލީޣޭޓްވި މަންޒަރު ވެސް އޭނާ އަށް ފެނުނު ކަމަށާއި ނަމަވެސް ކުޅުންތެރިންގެ ފަރާތުން 100 ޕަސަންޓް ފެނިގެން ދިޔަ ކަމަށެވެ.

އޭނާ ބުނީ ސަޕޯޓަރުންގެ ކަންބޮޑުވުން އެގޮތަށް ހުރުމަކީ އޭނަ ދެރަވާ ކަމެއް ކަމަށާއި އަދި އެކަމުން ރަމުޒު ވަނީ މެންޔޫ ވެއްޓެމުންދާ ކަން ކަމަށް ބޯންސް ބުންޏެވެ.

"މިއީ ކުޅުންތެރިންގެ ފަރާތުން ފެންނަ ޕާފޯމަންސާ ބަލާފައި މިއީ މުޅިން އާ ކަމެއް. އަހަންނަށް ހީވަނީ ކުޅުންތެރިން މިކަމުގައި ޒިންމާތަކެއް ނަގަންޖެހޭހެން. އަދި މެންޔޫގެ ޒޯޒީގައި ކުޅޭއިރު އޭގެ ފަހްރު ހާމަ ކޮށްދޭން ޖެހޭ،" ބޯންސް ބުންޏެވެ.

މެންޔޫ އެންމެ ފަހުންވި ބައްޔާ އެކު އެޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އަދި މިފަހުން ހޯދި ނަތިޖާތަކާ އެކު އޭނާ ވަކި ކުރުމަށް ސަޕޯޓަރުން ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް ބޯންސް ބުނީ މެންޔޫގެ މައްސަލައަކީ ހަމައެކަނި އެންމެ ވެންހާލްއާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އެއީ ކުޅަބުގެ އޯނާޝިޕް އޮތް އެމެރިކާގެ ގްލައިޒާ ފެމިލީއިން ކުލަބުގައި އޮތް އެމީހުންގެ ހިއްސާ ރަނގަޅަށް ބޭނުން ކުރަން ޖެހޭ ކަމަށެވެ.

ހަމައެކަނި ކުލަބުގެ އެސޓްތަކުން އެމީހުންގެ ވިޔާފާރިއަށް ބޭނުން ކުރުމުގެ ބަދަލުގައި ކްލަބުގެ އަސްލު އޮތް ހާލަތައް އެއާއިލާ އިން އިސްކަމެއްދޭން ޖެހޭ ކަމަށް ޖޯންސް ބުންޏެވެ.