ސައުތު ކޮރެއާގެ ކޮންޓްރޮވާޝިއަލް ޗާޗުގެ ހެޑް ކުއާޓާސްގައި ބޭއްވި މާސް ވެޑިންގައި 3000 ލޯބިވެރިން އެއްފަހަރާ ކައިވެރިކޮށްފި އެވެ.

ވެޑިން ޑްރެސްލައިގެން ތައްޔާރުވެގެން ކައިވެނި ކުރި 3000 މީހުންގެ ތެރޭގައި 62 ގައުމުގެ މީހުން ހިމެނޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި އަލަށް ކައިވެނިކުރާ 1000 ކަޕްލް އަދި މިހާރު ވެސް ކައިވެނިކޮށްގެން އުޅޭ 2000 ކަޕްލް ހިމެނެ އެވެ.

ކުރިން ކައިވެނިކޮށްގެން ތިބި އެހެންނަމަވެސް އެ ހަފްލާގައި ބައިވެރިވި ކަޕްލްސް ފާޙަގަކުރާ ގޮތުން އެ ހަފްލާގައި އެމީހުން ބައިވެރިވީ ވެފައިވާ ވައުދު އާކޮށް އާފެށުމަކުން ފެށުމުގެ ބޭނުމުގަ އެވެ.

ސައުތު ކޮރެއާގެ ކޮންޓްރޮވާޝިއަލް ޗާޗުގެ ހެޑް ކުއާޓާސްގައި ބޭއްވި މާސް ވެޑިން: އެ ހަފްލާގައި 3000 މީހުން އެއްފަހަރާ ވަނީ ކައިވެނިކޮށްފައި --

ކޮންޓްރޮވާޝިއަލް ޗާޗުގައި މާސްވެޑިން ބާއްވަން ފަށާފައި ވަނީ 1960 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އޭރު މާސްވެޑިންއެއް ނަމަވެސް ބައިވެރިވަނީ ވަރަށް މަދު ބައެކެވެ.

މިހާތަނަށް އެންމެ ގިނަ ކަޕްލް ބައިވެރިވި މާސްވެޑިންގްއެއް ބާއްވާފައި ވަނީ ވޮށިންގްޓަންގަ އެވެ. އެއީ 30،000 މީހުންނެވެ. އޭގެ އިތުރުން ސޯލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި 21،000 މީހުން އެއްފަހަރާ ކައިވެނި ކުރި ހަފްލާއަކީ ވެސް ފާހަގަކޮށްލެވޭ ހަފްލާ އެކެވެ.