މޫނު ނިވާކޮށްގެން ތިބި ބަޔަކު މާލެ އަތޮޅު ގަސްފިނޮޅު ރިސޯޓަށް އަރައި މުވައްޒަފުންތަކެއް ބަނުމަށް ފަހު ހަތަރު ތިޖޫރީއެއް ވަގަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ ގަސްފިނޮޅުގައި ހުރި ތިޖޫރިތަކެއް ވަގަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 4:20 އެހާކަންހާއިރު ކަމަށެވެ. އަދި އެ ތިޖޫރިތައް ވަގަށް ގެންދިޔައީ އެ ރިސޯޓުގެ މުވައްޒަފުންތަކެއް ބަނުމަށް ފަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ވަގަށް ގެންގޮސްފައި ވަނީ ހަތަރު ތިޖޫރިއެއް. މިހާރު ވެސް އެރަށުގައި ފުލުހުންގެ ޓީމު ދަނީ ހަރަކާތްތެރިވަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.