ދިރާގުން އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކޮންމެ ދުވަހަކު އެންމެފަހުގެ ސްމާޓްފޯނެއް ލިބުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ 5 ވަނަ ހަފްތާގެ ނަސީބުވެރިންނަށް ފޯންތައް ހަވާލުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ނަސީބުވެރީންނާ ފޯނުތައް ހަވާލުކޮށްފައި ވަނީ، ބުރާސްފަތި ދުވަހުގެ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރޭން، މި ޕްރޮމޯޝަންގެ މިދިޔަ ހްފަތާގެ ނަސީބުވެރީންނަށް ފޯންތައް ހަވާލުކޮށްދީފައިވަނީ، ދިރާގު ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގެ އެސިސްޓަންޓް އިންޖިނިއަރ، އަހުމަދު އިޝާންގެ އިތުރުން، ދިރާގު މެނޭޖަރ އެޑްމިން އެންޑް ޕްރޮޕަޓީސް، އަބްދުﷲ މުޝްރިފް އެވެ.

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކޮންމެ ދުވަހަކު ސްމާޓްފޯނެއް ލިބޭގޮތަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ 5 ވަނަ ހަފްތާގެ ނަސީބުވެރީންނަށް ފޯނު ހަވާލުކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާގެ ތެރޭން -- ފޮޓޯ: ދިރާގު

ޕްރޮމޯޝަންގެ 5 ވަނަ ހަފްތާގެ ނަސީބުވެރީން:

  • އައިޝަތު ރީމާ، މ.ކެލިފޯނިޔާ، މާލެ.
  • ހުސައިން ނަދީމުއްދީން، ނޫރާނީ ވިލާ، ސ. މަރަދޫ.
  • މަރިޔަމް ނާޒިޔާ، މަލްވިން، ސ. ހިތަދޫ.
  • ހަސަން ނޫރީ، ކާނޭޝަންމާގެ، ށ. ނަރުދޫ.
  • އަހުމަދު ދިނާހު، އާވާޒް، ބ.ދޮންފަނު.
  • އަބްދުﷲ ހަމްޒާ، މިލާފަރު، ބ. އޭދަފުށި.
  • އަހުމަދު ޝަފީޤު، މ.އިގުލީމުގެ، ކ. މާލެ.

ޖެނުއަރީ 11 އިން ފެބްރުއަރީ 29 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަންގައި ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި މިހާރު ތިބި ފަރާތްތަކުގެ އިތުރުން، އަލަށް ޕޯސްޓްޕެއިޑް ނަގާ ފަރާތްތަކަށްވެސް، ކޮންމެ ދުވަހަކު ނެގޭ މިގުރުއަތުގައި އޮޓޮމެޓިކުން ބައިވެރިވެވޭނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކޮންމެ ދުވަހަކު ސްމާޓްފޯނެއް ލިބޭގޮތަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ 5 ވަނަ ހަފްތާގެ ނަސީބުވެރީންނަށް ފޯނު ހަވާލުކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާގެ ތެރޭން -- ފޮޓޯ: ދިރާގު

ކޮންމެ ދުވަހެއްގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް، މިހާރު ބާޒާރުގައި ހުރި އެންމެފަހުގެ ސްމާޓްފޯންތައް ކަމަށްވާ އެޕަލް އައިފޯން 6އެސް، އެޕަލް އައިފޯން 6އެސް ޕްލަސް، ސެމްސަންގް ގެލެކްސީ އެސް6 އެޖް، ނުވަތަ ސެމްސަންގް ގެލެކްސީ އެސް6 އެޖް ޕްލަސްގެ ފޯނެއް ލިބިވަޑައިގަންނަވާނެއެވެ.

އާއަހަރާ ގުޅުވައިގެން، ދިރާގުން އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔަ ނަމަވެސް، މިފަދަ އެހެނިހެން ހަރަކާތްތައް ދިރާގުގެ އެހެން ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން ދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.