ދިވެހިރާއްޖޭގެ ގައުމީ ވޯޓު ލާ މީހުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ހަތްވަނަ ދުވަސް ފަހަގަކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ޑިމޮކްރަސީ ވީކް ފާހަގަކުރުމަށް ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ ޑިމޮކްރަސީ ހަފްތާގެ ރަސްމީ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްޠަފާ މިރޭ ވިދާޅުވީ، "އެފަދަ ދުވަހެއް ފާހަގަކުރަނީ، އެއީ ޑިމޮކްރަސީގައި މުހިއްމު ބޭނުންތެރި ދުވަހެއް ކަމުގައި ވާތީ،" ކަމަށެވެ.

ގައުމީ ވޯޓުލާ މީހުގެން ދުވަހުގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ އަހަރީ ދުވަހުގެ ގޮތުގައި، ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަން ނިންމާފައިވާ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.