18 Feb 2016, 16:04
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
އަލީ ޒާހިރު މިއަދު ސަން އަށް ވިދާޅުވީ އާދީއްތަ ދުވަހުގެ 2:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން އެ ކޯޓުން އޭނާއަށް ޗިޓެއް ފޮނުވާފައިވާ ކަމަށެވެ.
އެ ޗިޓުގައިވާގޮތުން އޭނާ ހާޒިރުކުރަނީ ކޯޓުގެ ބޭނުމަކަށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބޭނުމެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައި މިވަނީ އެ ޕާޓޫީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް އިއްވި ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ދެކެވަޑައިނުގަންނަވާތީ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.