18 Feb 2016, 14:53
ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެކިއެކި ލޯންތަކުގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.
ނަމަވެސް ލޯނުގެ އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލު ހާމައެއް ނުކުރެ އެވެ. އެ ބޭންކުން ބުނީ އެ ބަދަލުގެ ތަފްސީލް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.
އެ ބޭންކުން މިހާރު އަންނަނީ 11 އާއި 18 ޕަސެންޓަށް އިންޓްރެސްޓް ނަގަމުންނެވެ.
އެ ބޭންކުން ނެރެފައިވާ ބަޔާނެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ އިންޓަރެސްޓް ރޭޓަށް ގެނައި ބަދަލާ ގުޅިގެން ގެދޮރުގަތުމާއި އިމާރާތްކުރުން ފަދަ މުހިންމު ކަންކަންކުރަން ބޭނުންވާ ފަރާތްތަކަށް ފައިދާ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މާލީ ހާލަތު މިހާރު މިކަމަށް ތަންދިނުމާ އެކު މިފަދަ ރަނގަޅު ބަދަލަކާ ދިމާލަށް ދެވުން މިއީ އަޅުގަނޑު އުފާކުރާކަމެއް،" އެންޑްރޫ ވިދާޅުވި އެވެ.