18 Feb 2016, 14:03
މުލީއާގެ ކައިރިން އައިއީޑީއެއް ފެނުނު މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ހަތަރު މީހުންގެ ތެރެއިން އެކަކުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި ދެންތިބި ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މުލީއާގެ ކައިރިން އައިއީޑީއެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް އެޑިވައިސް ނުގޮވާގޮތަށް ހަދައިފައެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މުލީއާގެ ކައިރީގައި އައިއީޑީ ބޭއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.