25 Apr 2010, 16:59
19:00
މައްޗަންގޮޅީ ސަހަރާ ކައިރީ ރޭ ހިނގި މާރާމާރީ އެއްގައި ކުޑަކުއްޖެއްގެ ބުރަކަށްޓަށް ވަޅި ހަރާލުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 12:30 ހާއިރު ދެ މީހެއްގެ ދެމެދުގައި ހިނގި އެ މާރާމާރީ އާ ގުޅިގެން ޒަޚަމްވީ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އެކުއްޖާ އަށް ލިބުނު އަނިޔާގެ ތަފްސީލް ނުދެއްވާ އޮފިޝަލު ވިދާޅުވީ އެކަމާ ގުޅިގެން އުމުރުން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗް އިން ބުނީ އެ މާރާމާރީގައި ޒަޚަމްވި ކުއްޖާގެ ބުރަކަށިން ހަތް އިންޗިވަރު ކަފައިގެން ގޮސްފައިވާ ކަމަށާއި އަދި އެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.