މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ އދ. މާމިގިލީ ސެރެޓަން ޖައިލަމް މުހައްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ދައުލަތުން ކުރި ދައުވާގައިވާ ފަދައިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސް ބޭނުންކުރި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ޖައިލަމް އިއުތިރާފުވެފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފއި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 113 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.