އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ޕީޕީއެމްގެ ނައިބު ލީޑަރު އަަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައިފި އެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕްގެ މެމްބަރަކު "ސަން" އަށް މިއަދު ވިދާޅުވީ އަބްދުއްރަހީމަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ސްރީލަންކާއަށް ފޮނުވަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.

އަބްދުއްރަހީމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައީ އިއްޔެއިން ފެށިގެންނެވެ. އޭނާ ޑޮކްޓަރަށް ދައްކާފައި ވަނީ މެޔަށް ތަދެއް އަރައިގެން ނެވެ.