18 Feb 2016, 09:51
މާލޭގެ އެކި ސަރަހައްދުތަކުގައި "ޕޮލިސް ޕޯސްޓް"ތައް ބަހައްޓަން ފަށައިފި އެވެ.
މާލޭގެ ދެ ހެދިގޮނޑުދޮށް ސަރަހައްދުގައި މިހާރު ވަނީ ފުލުހުންގެ ޕޯސްޓުތައް ބަހައްޓައިފަ އެވެ. ފުލުހުން ޑިއުޓީގައި މިހާރު އެޕޯސްޓްތައް ބޭނުންކުރެ އެވެ.
ފުލުހުން އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ ފުލުހުން އާންމުކޮށް ޑިއުޓީ އަދާކުރާ ގައުމުތަކުގެ އެމްބެސީ އާއި ފުލުހުން އާންމުކޮށް ބަލަހައްޓާ ސަރަހައްދުތަކުގައި ޕޯސްޓުތައް ބެހެއްޓުމަށް ނިންމައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަސްފަންނުގައި ބެހައްޓާފައިވާ ޕޮލިސް ޕޯސްޓު-- ސަން ފޮޓޯ: އަހުމަދު ޝަރުވާން
"ވާރެވެހިއްޖެއްޔާ މިޖެހެނީ ކޮންމެވެސް އަސްކަންޔަކަށް ވަންނަން، އެގޮތަށް ވެގެން އެޕޯސްޓުތައް އެބަހައްޓަނީ." އިސްމާއިލް ވިދާޅުވި އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި އެފަދަ ޕޯސްޓުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.