18 Feb 2016, 00:14
ފައިނަލްގައި އަހްސަން ހާޝިމްގެ މައްޗަށް ފަސް ފްރޭމުގެ ތަފާތުން ކާމިޔާބު ހޯދައި އޯޕަން އެއިޓް ބޯލް ބިލިއަޑް މުބާރާތުގެ ޗެމްޕިއަންކަން ދުންޔާޒް މުޙައްމަދު ހޯދައިފިއެވެ.
މޯލްޑިވްސް ޕޫލް ބިލިއަޑް ކުލަބު ހައުސްގައި ކުޅުނު ފައިނަލް މެޗް ދުންޔާޒު ކާމިޔާބު ކުރީ 11 ފްރޭމް ހަ ފްރޭމުންނެވެ. ފުރަތަމަ ފްރޭމްތައް ކާމިޔާބު ކުރަމުން ދިޔައީ އަހްސަންއެވެ. ނަމަވެސް ދެ ކުޅުންތެރިން ފަސް ފްރޭމުން އެއްވަރު ވެފައިވަނިކޮށް ޖެހިގެން އައި ފަސް ސެޓްވެސް ދުންޔާޒް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކުއެވެ.
އަހްސަނަށް ހަ ވަނަ ފްރޭމް ލިބުނީ ދުންޔާޒްއަށް ނުބައި ބޯޅައެއް ވައްޓައިލެވުމުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ދުންޔާޒް ބުނީ، ބްރޭކަށް ފަހު އޭނައަށް ވަރަށް ބޮޑަށް ކޮންފިޑެންސް ލިބިގެން ދިޔަ ކަމަށެވެ.
ފައިނަލް މެޗަށް ފަހު ޗެމްޕިއަންއަށާއި ރަނަރަފްއަށް އިނާމު ދެއްވީ އެމްޕީއެލް ކުލަބުގެ އިސް މެންބަރެއް ކަމަށްވާ އަޙްމަދު މުޙައްމަދެވެ.