17 Feb 2016, 19:35
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު މިރޭ ސަން އަށް ވިދާޅުވީ އަބްދުއްރަހީމް އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި އަބްދުއްރަހީމް ޑޮކްޓަރަށް ދައްކާފައި ވަނީ މެޔަށް ތަދެއް އަރައިގެން ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
"މެއަށް ތަދެއް އަރައިގެން އިއްޔެ ހަވީރުގެ ވަގުތެއްގައި ޑޮކްޓަރަށް ދެއްކީ. ދެން ޑޮކްޓަރު ވަނީ އެޑްމިޓުކޮށްފައި. އަބްދުއްރަހީމް މިހާރު އޮތީ ޕްރައިވެޓް ރޫމެއްގައި. އެމަނިކުފާނުގެ ހާލު އިރާދަކުރެއްވިއްޔާ ރަނގަޅު،" ޕީޕީއެމްގެ ޕަލަމެންޓްރީ ގްރޫޕްގެ މެމްބަރު ވިދާޅުވި އެވެ.