އާޖެންޓީނާގައި ކުރިއަށް ދިޔަ ފުޓްބޯޅަ މެޗެއްގެ ތެރެއިން ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުން ބަޑިޖަހައި ރެފްރީ މަރާލާފި އެވެ.

ކުޅުންތެރިއާގެ ނަން އަދި ހާމަކޮށްފައިނުވާ އިރު އާޖެންޓީނާގެ ފުލުހުންނާ ހަވާލާދީ ސީއެންއެންގައި ރިޕޯޓްކުރި ގޮތުގައި ރެފްރީ ސީސާ ފްލޯރެސް ރަތް ކާޑު ދެއްކުމާ އެކު އެ ކުޅުންތެރިއާ ވަނީ ދަނޑުން ފައިބައިގެން ގޮސް އޭނާގެ ދަބަހުން ބަޑިއެއް ނަގައިގެން އައިސް ރެފްރީ ގަޔަށް ބަޑިޖަހާ މަރާލައިފަ އެވެ.

އާޖެންޓީނާގައި ކުރިއަށްދިޔަ ފުޓްބޯޅަ މެޗުގައި ރެފްރީގަޔަތް ބަޑިޖުމާއި ގުޅިގެން އޭނާ ވެއްޓިފައިވާ އިރު ކައިރީގައި ބަޔަކު މަޑުކޮށްލައިގެން ---

އުމުރުން 48 އަހަރުގެ ފްލޯރެސް ގަޔަށް ތިން ފަހަރު ބަޑި ޖަހާފައިވާ އިރު އޭނާގެ ކަރަށްށާއި ބޮލަށް އަދި މެޔަށް ވަޒަންއަރައި ވަނީ ދަނޑުމަށްޗަށް މަރުވެގެން ވެއްޓިފަ އެވެ. އަދި އެ ހަމަލާގައި އިތުރު ކުޅުންތެރިއެއްގެ ގަޔަށް ވެސް ވަޒަން އެރި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އާޖެންޓީނާގެ ފުލުހުން ބުނެ އެވެ.

"ހުރިހާ ކަމެއް ވެސް ހިނގާފައި ވަނީ އެ މެޗުގެ ތެރެއިން. އަހަރެމެންނަކަށް ނޭނގޭ ރެފްރީ އާއި ކުޅުންތެރިއާ ދެމެދު ޖެހުނީ ކޮން މައްސަލަތަކެއް ކަމެއް. ނަމަވެސް ކުޅުންތެރިއާ ހުރީ ވަރަށް ރުޅިގަދަވެފައި އަދި ބަޑި ހިފައިގެން އައިސް ހަމަލާ ދިނީ،" އާޖެންޓީނާ ފުލުހުންގެ ތަރުޖަމާނު ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިއާ ހަމަލާ ދިނުމަށް ފަހު ދަނޑުން ފައިބާގެން ގޮސްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސަތްކަތް އާޖެންޓީނާގެ ފުލުހުން ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރެޒިލްގައި ވަނީ ރެފްރީ ކުޅުންތެރިން ހުއްޓުވުމަށް ބަޑިއެއް ނަގައިފަ އެވެ. ނަމަވެސް އެނާ އެއްވެސް ކުޅުންތެރިއަކަށް ހަމަލާދީފައެވެ ނުވެ އެވެ.