17 Feb 2016, 10:02
ޖެކޮލިން ފެނާންޑަޒް އާއި ސޫރަޖު ޕަންޗޯލީ އެކުގައި ކުޅެފައިވާ ލަވަ "ޖީއެފް ބީއެފް"ގެ ޓީޒާ އިއްޔެ ރިލީޒުކޮށްފި އެވެ.
އެ ލަވައަކީ، ރިތިކު އާއި ސޯނަމްގެ "ދީރޭދީރޭ ސޭ" ލަވަ ވެސް އުފެއްދި ޓީ ސީރީސްގެ އުފެއްދުމެކެވެ. އަދި އެ ލަވަ ވެސް ކޮރެއަގުރާފު ކޮށްދިނީ "ދީރޭދީރޭ ސޭ" ކޮރެއަގުރާފް ކޮށްދިން ރޭމޯ ޑިސޫޒާ އެވެ.
ޖެކޮލިންގެ އަޑުވެސް އިވިގެންދާ އެ ލަވައަކީ، ފުރަތަމަ ނަޒަރުން ލޯބި ވެވުނު ކުއްޖެއް ކާމިޔާބު ކުރަން ފިރިހެން ކުއްޖަކު ކުރާ މަސައްކަތް ދައްކުވައިދޭ ލަވައެކެވެ.
ރިތިކު އާއި ސޯނަމްގެ "ދީރޭދީރޭ ސޭ" ފަދައިން އެ ލަވައަކީ ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ލަވައެއް ކަމަށް އުއްމީދު ކުރެވެ އެވެ.