17 Feb 2016, 09:07
ގަވާއިދުން ކަސްރަތުކޮށް، ދުންފަތާ ދުރުހެލިވެ "ހެލްދީ ލައިފްސްޓައިލް"އެއް ގެންގުޅުނު ނަމަވެސް ކެންސަރު ޖެހުމުގެ ފުރުސަތު ތިބާ އަށް ވަކި ކުޑައެއް ނޫނެވެ. ސަބަބަކީ ތިބާ ކައި އުޅޭ ތަފާތު ވައްތަރުގެ ކާނާ ތަކުގައި ކެންސަރު ޖައްސާ އެޖެންޓުން ނުވަތަ ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތައް އެކުލެވޭތީ އެވެ.
އާޓިފިޝަލް ސްވީޓްނާސް އެކުލެވޭ އުފެއްދުންތައް
އެފަދަ އުފެއްދުންތަކުގެ ތެރޭގައި ސޯޑާތަކާއި، ސީރިއަލް، ކުކީސް، ކޭކު ޖޫސް ފަދަ އުފެއްދުންތައް ހިމެނެ އެވެ. އެ ވައްތަރުގެ އުފެއްދުންތަކަކީ ގިނަ އަދަދަކަށް ހަކުރު ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެކެވެ.
ޕްރޮސެސްޑު މީޓު

ހޮޓްޑޯގު، ބޭކަން، ސޮސެޖު އަދި އެފަދަ އެހެނިހެން އުފެއްދުންތައް ތާޒާ ކަންމަތީގައި ބެހެއްޓުމަށް ގިނަ އަދަދެއްގެ ލޮނާއި ޕްރިޒަވޭޓިވްސް އަދި ކެމިކަލްތައް ބޭނުން ކުރެ އެެވެ. އެ ޕްރިޒަވޭޓިވްސް އާއި ކެމިކަލްތަކަކީ އެ އުފެއްދުން ތަކުގައި އެކުލެވޭ، ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތެކެވެ. އެފަދަ އުފެއްދުންތައް ކެއްކުމާއި ފިހުން ފަދަ ކަންތައްތަކަކީ އޭގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަންތައްތަކެެވެ.
ސީރިއަލްސް

ހަކުރާ އެކު، ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ އެކްރިލަމައިޑު އާއި ފޯލިކު އެސިޑު ވެސް ސީރިއަލް ގައި އެކުލެވެ އެވެ. ސީރިއަލްގައި އެކްރިލަމައިޑު އުފެދެނީ މެނިފެކްޗާ ކުރުމުގެ ތެރެއިން ވަރަށް މަތީ ޓެެމްޕަރޭޗާ އެއްގައި ބޭކު ކުރުމުގެ ސަބަބުންނެވެ.
ހެނދުނު ނާސްތާއަށް ބޭނުންކުރާ ސީރިއަލް އަށް ވެސް ގިނަ އަދަދަކަށް ފޯލިކު އެސިޑު އެއްކޮށްފައި ހުރެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ އަދަދަކަށް ފޯލިކު އެސިޑު ބޭނުން ކުރުމަކީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ.
ޕޮޓޭތޯ ޗިޕްސް

އަލުވިން ޗިޕްސް ހެދުމަށް ވަރަށް މަތީ ޓެމްޕަރޭޗާއެއްގައި އަލުވި ތެލުލަ އެވެ. އަލުވި އެހާ މަތީ ޓެމްޕަރޭޗާއެއްގައި ތެލުލުމަކީ އޭގައި އެކްރިލަމައިޑު އުފެދުމަށް މެދުވެރިވާ ކަމެކެވެ. އެ މާއްދާ އަކީ ސިނގިރެޓުގައި ވެސް އެކުލެވޭ، ކެންސަރު ޖެއްސުމަށް މަގުފަހި ކުރުވާ މާއްދާއެކެވެ.
ސޯޑާ

ގިނަ އަދަދަކަށް ހަކުރު އެކުލެވުމާ އެކު، ސޯޑާގައި ހިމެނޭ އާޓިފިޝަލް ކެރަމަލް ކުލަ އަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ އެއް ސަބަބެވެ. އެހެންކަމުން ސޯޑާ ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް ލިމިޓު ކުރަން ޖެހެ އެވެ. ނުވަތަ ސޯޑާ ބޭނުން ކުރުން ހުއްޓާލަން ޖެހެ އެވެ.