މީހެއްގެ ނޮކިއާ ބައްތި ފޯނުތަކެއް ގެންގުޅުނު މީހަކު 1 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލައް ޑޭލައިޓް އިބްރާހީމް އަޝްފާގު އަހްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އިޝްފާގު ހައްޔަރުކޮށް ފުލުހުން ޗެކްކުރި އިރު ނޮކިއާ ބައްތި ތިން ފޯނު އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުލް އުގޫބާތުގެ 218 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގެ ދަށުން އެހެން މީހެއްގެ މުދަލެއް އަތުގައި ބެހެއްޓުމުގެ ކުށުން އަޝްފާގު ކުށްވެރިވާ ކަމަށް އެ ހުކުމްގައި ވެއެވެ.