16 Feb 2016, 15:45
ދޯހާ (ފެބްރުއަރީ 16): ތެލުގެ އަގު އިތުރަށް ވެއްޓުން ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ގަތަރުގައި މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު، ސައުދީ އަރަބިއާ އާއި ރަޝިއާ އިން ތެޔޮ އުފައްދާ މިންވަރު އިތުރު ނުކުރުމަށް އެ ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސައުދީ އަރަބިއާގެ އޮއިލް މިނިސްޓަރު އަލީ އަލްނައީމީ އާއި ރަޝިއާގެ އޮއިލް މިނިސްޓަރު އެލެގްޒެންޑާ ނޮވާކިން ދޯހާ އާއި ވެނެޒުއޭލާއާއި ގަތަރުގެ ކަމާ ބެހޭ ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސައުދީ އާއި ރަޝިއާ އިން އެއިއުލާން ކުރި ފަހުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ތެލުގެ އަގު 6.4 ޕަސެންޓަށް އިތުރުވި އެވެ. ނަމަވަސް، އެ އިތުރުވީ މިންވަރު މިހާރު ވަނީ 2.4 ޕަސެންޓަށް ދަށްވެފަ އެވެ.
ފާއިތުވި 18 މަސް ތެރޭގައި ތެލުގެ އަގު ވަނީ 70 ޕަސެންޓް ދަށްވެފަ އެވެ. އޭގެ ސަބަބުން ތެޔޮ ވިއްކައިގެން ލިބޭ ފައިދާ އަށް ބަރޯސާވެފައިވާ ސައުދީ އަރަބިއާ ފަދަ ގައުމުތަކުގެ އިގުތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަޅާފަ އެވެ. (އިންޑިޕެންޑެންޓް)