ހެލްތު މިނިސްޓްރީއާ ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެފްޑީއޭ) އަދި އެސްޓީއޯގެ އިތުރުން އަމިއްލަ އޭޑީކޭ ހޮސްޕިޓަލް ރައްޔިތުން މަޖިލީހުގެ ގަވާއިދު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެ ހަތަރު ތަން މަޖިލީހަށް ހާޒިރު ކުރުމަށް ނިންމީ މިއަދު އޮތް ގަވާއިދު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުން ނެވެ.

މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި މެމްބަރުން މަޝްވަރާ ކޮށްފައި ވަނީ "ބޭހާ ބެހޭ ގަވާއިދު" އަށް ގެނެސްފައިވާ އިސްލާހާއި ގުޅޭ ގޮތުން ނެވެ. ކޮމެޓީ ބައްދަލުވުމުގައި އެ އިސްލާހަށް މެމްބަރުން މަޝްވަރާ ކުރުމަށްފަހު ނިންމީ ދެން އޮންނަ ކޮމެޓީ ބައްދަލުވުމަށް އެ ހަތަރު ތަން ހާޒިރު ކުރުމަށެވެ.