16 Feb 2016, 11:53
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުގައި ޗައިނާގެ ބަސް ހިމަނައިފި އެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ އޭޓީއެމްތަކުން ބޭރުގެ އެއްވެސް ބޭންކެއްގެ ކާޑު ބޭނުންކުރާނަމަ ޗައިނާ ބަސް އިހުތިޔާރު ކުރުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން އޭޓީއެމްތަކުން އަންގާ އާންމު އެންގުންތައް މިހާރު ދަނީ ޗައިނާ ބަހުން ވެސް އަންގަމުންނެވެ.
ބީއެމްއެލުން ބުނީ އޭޓީއެއްތަކުގައި ޗައިނާ ބަސް ބޭނުން ކުރަން ފެށީ އެ ގައުމަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމަކަށްވެފައި އެ ޓޫރިސްޓުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.
ޗައިނާ ބަހުގެ އިތުރުން އޭޓީއެމްތަކުގައި ދެން ބޭނުން ކުރަނީ ކުރިންވެސް ބޭނުން ކުރަމުން އައި ދިވެހި ބަހާއި އިނގިރޭސި ބަހެވެ.