15 Feb 2016, 19:22
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތިން ޖަލު އޮފިސަރަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން، އެ ތިން އޮފިސަރުން ވަޒީފާއިން ވަކިކޮށްފި އެވެ.
ކަރެކްޝަންސް އިން ބުނީ ވަޒީފާއިން ވަކިކޮށްފައި ވަނީ ރަސްމީ ޑިއުޓީގައި އުޅެނިކޮށް، އެމީހުންގެ އަމަލުތައް ހުރިގޮތުން މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާކަމަށް ޝައްކު ކުރެވިގެން، އެމީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރެވުނުއިރު، މަސްތުވާ އެއްޗަކަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.
ތިން އޮފިސަރުން ވަޒީފާއިން ވަކިކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއާ ބެހޭ ޤަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
އެ ތިން އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ޤާއިމްކޮށްފައިވާ ޑިސިޕްލިނަރީ ބޯޑުން އެމައްސަލަ ބެލުމަށްފަހު އެބޯޑުގެ ލަފާގެ މަތިން ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.