މާފަންނުގައި ތަރައްގީކޮށްފައިވާ އާޓިފިޝަލް ބީޗް، "ރަސްފަންނު" ސަރަހައްދުގައި ގާއިމުކޮށް ދެމެހެއްޓުމަށް އެސަރަހައްދުގައި ޕޮލިސް ޕޯސްޓެއް ބަހައްޓައިފި އެވެ.

ފުލުހުން ބުނީ އެސަރަހަދުގައި މިއަދު ޕޮލިސް ޕޯސްޓެއް ބަހައްޓައި ހުރިހާ ވަގުތުތަކެއްގައި ފުލުހުން އެސަރަހައްދު ބަލަހައްޓަން ފަށާފައިވާ ކަމަށެވެ.

މާލޭ ސިޓީ ޕޮލިސް އިން އެ ސަރަހައްދުގައި ޕޮލިސް ޕޯސްޓެއް ބަހައްޓާފައި ވަނީ ރަސްފަންނު ސަރަޙައްދަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއްމު ރައްޔިތުން ދުވާލާއި ރޭގަނޑުގެ ވަގުތު ތަކުގައި ޒިޔާރަތް ކުރަމުންގެންދާތީ އެސަރަޙައްދަށް ޒިޔާރަތްކުރާ މީހުންނާއި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

ފުލުހުން ބުނީ ރަސްފަންނު ސަރަހައްދަށް ޒިޔާރަތްކުރާ މީހުންގެ ރައްކާތެރިކަމަށްޓަކައި ދީފައިވާ އިރުޝާދާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ބާރު އެޅުމަށް ނަސޭހަތްތެރިވުމާއި އެ ސަރަހައްދުގައި އުޅޭ އެއްވެސް މީހަކަށް އަދި ކުއްޖަކަށްވެސް ނުރައްކަލެއް ކުރިމަތިވަމުންދޭތޯ ފުލުހުން ބަލާނެ ކަމަށެވެ.

އަދި އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާނެއެވެ.