15 Feb 2016, 15:08
ކަރާޗީ (ފެބްރުއަރީ 15): ދެކުނު ޕާކިސްތާނުގައި ރޭ ދުއްވާފައި ދިޔަ ރޭލަކާއި ބަހެއް ޖެހުމުގެ ސަބަބުން އަށް މީހަކު މަރުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ޕާކިސްތާނާއި އިންޑިއާއާ ދޭތެރޭ ދަތުރުކުރާ ފަރީދް އެކްސްޕްރެސް ރޭލުގައި ވޭން ޖެހުނީ ޕާކިސްތާނުގެ ވެރިރަށް ކަރާޗީއާ 170 ކިލޯ މީޓަރު ދުރުގައި އޮންނަ އަވަށެއް ކައިރިންނެވެ.
މަރުވި މީހުންނާއި ޒަހަމްވި މީހުންނަކީ ދަނޑުވެރިކަން ކުރާ، އެއް އާއިލާއެއްގެ މެމްބަރުން ކަމަށް ހާދިސާ ހިނގި ސިންދު ޕްރޮވިންސުގެ ސިއްހީ އޮފިޝަލެއް ކަމަށްވާ ޑރ. ހަސަން މުރާދް ޝާހް ވިދާޅުވި އެވެ.
އެހާދިސާގައި ރޭލުގެ އިންޖީނަށް ވެސް ގެއްލުންވެފައިވާ ކަމަށާއި އިންޖީނު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ.
ޕާކިސްތާނުގެ ރޭލު ދުއްވާ ޓްރެކްތައް ހުރަސް ކުރާނެ ގޮތެއް އާއްމުކޮށް ހަދާފައި ނުހުރުމުގެ ސަބަބުންނާއި ސިގްނަލް ލައިޓްތައް ނެތުމުގެ ސަބަބުން އެގައުމުގައި އެފަދަ އެކްސިޑެންޓުތައް ހިނގުމަކީ އާއްމުކަމެކެވެ. (އޭއެފްޕީ)