15 Feb 2016, 11:16
ގައްދޫ އިން: ފަޒްލީނާ ހުސައިން
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސްގެ ދަތުރުފުޅުގައި އެ އަތޮޅު ގައްދު އަށް ވަޑައިގެން، އެޑޭޕްޓޭޝަން ފަންޑު ބޯޑުގެ ހިލޭ އެހީގެ ދަށުން އެރަށުގައި ގާއިމުކޮށްފައިވާ ސާފު ބޯފެނުގެ ނިޒާމު ފައްޓަވައި ދެއްވާނެ އެވެ.
އެއަށް ފަހު، ތިނަދުއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެ ރަށު ބަނދަރު ވެސް ހުޅުއްވައި ދެއްވާނެ އެވެ.