ބޮލީވުޑްގެ ގިނަ ފިލްމުތައް އުފައްދާފައި ވަނީ ރީތި އަދި މަޝްހޫރު ލަވަތަކާއެކު އެވެ. އެގޮތުން ޝާހުރުކް ހާން މެން ފަދަ މަޝްހޫރު ތަރިން ކުޅެފައިވާ ފިލްމުތަކަކީ މަގުބޫލު ލަވަތަކެއް ހިމެނޭ ފިލްމު ތަކެކެވެ.

އެހެންނަމަވެސް މިފަހަރު މިއޮތީ ވަރަށް ތަފާތު ފިލްމެކެވެ. ޝާހުގެ ފިލްމު "ފޭން" އުފައްދާފައި ވަނީ އެއްވެސް ލަވައެއް ނުހިމަނަ އެވެ.

"އެ ފިލްމުގައި އެއްވެސް ލަވައެއް ހިމަނާފައެއް ނުވާނެ. އެ ފިލްމުގައި އެކުލެވޭނީ ޕްރޮމޯޝަނަލް ޓްރެކެއް އެނަކި،" އެ ފިލްމުގެ ޑައިރެކްޓަރު މަނީޝް ޝަރުމާ ބުންޏެވެ.

މަނީޝް ބުނީ، އެ ފިލްމުގެ ޓްރެއިލާ ވަރަށް ގިނަ މީހުން ބަލާނެ ކަމަށް ޔަގީން ކުރެވޭ ކަމަށެވެ. އަދި ޓްރެއިލާ ބެލުމުން އެ ފިލްމަކީ ކޮބައިކަން މީހުންނަަށް އެނގިގެންދާނެ ކަމަށް ވެސް މަނީޝް ބުންޏެވެ.

"އަހަރެން ބޭނުން ވަނީ މީހުން އާ ކަންތައްތަކެއް ތަޖުރިބާ ކުރަން. އެ ފިލްމަށް އެއްވެސް ލަވައެއް ބޭނުމެއް ނުވޭ،" މަނީޝް ބުންޏެވެ.

ކޮންމެ އަކަސް ޝާހު ފަދަ މަޝްހޫރު ތަރިއަކު ކެޅެފައިވާ އެ ފަދަ ފިލްމެއްގައި ލަވަ ނެތުމަކީ ބައެއް މީހުން ހިތް ނުތަނަވަސް ކުރުވާ ކަމެކެވެ. އެހެންނަމަވެވެސް، އެއީ އެ ފިލްމަށް މީހުންގެ ސަމާލުކަން ހޯދުމަށް ޑައިރެކްޓަރު ކުރި ކަމަކަށް ވެސް ވެދާނެ އެވެ.

ނުވަތަ، ބޮލީވުޑް ފިލްމުތަކުގެ ވައްޓަފާޅި ބަދަލު ކުރަން ޑަިރެކްޓަރު ކުރި ކަމަކަށް ވެސް ވެދާނެ އެވެ.