14 Feb 2016, 22:08
ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިއްޔެ ހައްޔަރު ކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، ބަންދުގައި ބަހައްޓައިގެން އަލްހާން ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން އަލްހާން އެކޯޓަށް ހާޒިރުކޮށް އިތުރަށް ބަންދުގައި ބެހެއްޓުމަށް އަމުރު ނުކުރާތީ ދޫކޮށްލާފައިވާ ކަމަށެވެ.
އަލްހާން ސިވިލް ކޯޓަށް ހާޒިރު ކުރަނީ ކޮން މައްސަލައެއްގައިކަން އަދި ވަނީ ސާފްވާގޮތްނުވެފައެވެ.
އަލްހާން ފަހުމީ އަކީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސެވެ. އޭނާ އެ މަގާމުން ދުރުކޮށްފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.