މިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހުން ފެށިގެން މިއަހަރު ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް އެސްޓީއޯ އިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

އެ ޕްރޮމޯޝަނަކީ އަހަރު ނިމޭތީ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ދިނުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެގޮތުން މާލޭގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އަތޮޅުތަކުގައި ހުންނަ އެ ކުންފުނީގެ އައުޓްލެޓް ތަކުގައިވެސް އެ ޕްރޮމޯޝަން ވަނީ ހިންގާފަ އެވެ.

ޕްރޮމޯޝަންގެ އަގުހުރި އިނާމުތަކުގެ ތެރޭގައި ދުބާއީއަށް ހަތްދުވަހުގެ ދަތުރަކާއި ރިސޯޓް ދަތުރުފަދަ ދަތުރުތައް ހިމެނެ އެވެ.

ޕްރޮމޯޝަންގެ އެއްވަނަ އިނާމެއްގެ ގޮތުގައި އެ ކުންފުނިން ހުށަހަޅާފައި ވަނީ ދެމީހަކަށް ދުބާއީ އަށް ހަތްދުވަހުގެ ދަތުރެކެވެ. އެ އަގުހުރި އިނާމު ހާސިލްކުރި ނަސީބުވެރިއަކީ މުހައްމަދު ޔޫހް، ކޫޕަން ނަންބަރު: 21728 އެވެ. ދެވަނަ އިނާމަކަށް ދަމާސް އިން ހުށަހަޅާފައިވާ ބެޑްރޫމް ސެޓް ލިބުނީ ރަފީއު، ކޫޕަން ނަންބަރު: 28818 އެވެ. ތިންވަނަ އިނާމަކަށް ހުށަހަޅާފައިވާ 46 އިންޗީގެ ޓީވީ ލިބުނު ނަސީބުވެރިއަކީ ޖަސްޓިން، ކޫޕަން ނަންބަރު: 18698 އެވެ.

ހަތަރުވަނަ އިނާމަކަށް ހުށަހަޅާފައިވާ 2 މީހަކަށް ދެދުވަހުގެ ރިސޯޓް ދަތުރު ލިބުނީ އަބްދުލް ގަނީ އީސާ، ކޫޕަން ނަންބަރު: 25550 އަށެވެ. ފަސްވަނަ އިނާމުގެ ގޮތުގައި ސެމްސަންގް އެސް6 ފޯނެއް ، ނަސީމް، ކޫޕަން ނަންބަރު: 53145 ހާސިލް ކުރި އިރު، ހަވަނަ އިނާމެއްގެ ގޮތުގައި ސެމްސަންގް ޓެބްލެޓެއް ހާސިލް ކުރީ، ކޫޕަން ނަންބަރު: 22600 މުހައްމަދު އަލީ އެވެ.

ހަތްވަނަ އިނާމަކަށް ކަނޑައަޅާފައި ވަނީ ވެސް ސެމްސަންގް ޓެބްލެޓެކެވެ. އެ އިނާމު ހާސިކުރީ ކޫޕަން ނަންބަރު: 65954 އިބްރާހިމް އިހުސާން އެވެ. އަށްވަނަ އިނާމެއްގެ ގޮތުގައި ފިލިޕްސް އެންޑްރޮއިޑް ބޮކްސް އެއް ހާސިލްކުރީ ކޫޕަން ނަންބަރު: 20680 ހަސަން ވަހީދު އެވެ.

ނުވަނަވަ އިނާމެއްގެ ގޮތުގައި ވެސް ފިލިޕްސް އެންޑްރޮއިޑް ބޮކްސް އެއް ހުށަހަޅާފައިވާ އިރު އެ އިނާމު ހާސިލްކުރީ ކޫޕަން ނަންބަރު: 53647 އަބްދުލް ޝަކޫރު އެވެ. 10ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ފިލިޕްސް އެއާ ފްރަޔާއެކެވެ. އެ އިނާމު ހާސިލްކުރީ ކޫޕަން ނަންބަރު: 30281 ހާޝިމް އެވެ.